Last Updated: July 3, 08:38
Friday, July 3, 2026
ޚަބަރު

ރިޔާޒު ވަކިކޮށް، އެމްއޭސީއެލްގެ ބޯޑަށް ބަދަލެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށް، ބޯޑަށް ބަދަލުތަކެއް ގެނެސްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ރިޔާޒު ވަކިކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އެ ބޯޑުގެ މެންބަރުންގެ އަދަދު މިހާރު ވަނީ 7 އިން 9 އަށް އިތުރުކޮށްފަ އެވެ.

އެމްއޭސީއެލްގެ ބޯޑުން ރިޔާޒު ވަކިކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.

އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެވެ.