އައްޑޫ ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހެޅުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަރުވެފައި ތިއްބާ ފެނިފައިވަނީ ހިތަދޫ ކްރޭންގޭ އިބްރާހިމް އަބްދުﷲ ،60، އާއި މަރަދޫ ނާރެސް، ފަރުހަނާޒް ރަޝީދު ،52، އެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިން މަރުވެފައި ތިއްބާ ފެނިފައިވަ ނީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އެ ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.