Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އެ ފުރުސަތު ހުޅުވައިލީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އަންނަ މަހުގެ 5 އާ ހަމައަށެވެ. ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެމްބަރު ކަމަށް ހުޅުވައިލި އިރު މިދިޔަ ހަފުތާގައި ވެސް ދެ މެންބަރަކު އައްޔަންކޮށްފައިވެ އެވެ. އެއީ ބ. ތުޅާދޫ، ގުލްބަހާރުގޭ އިބްރާހީމް ޢަފީފާއި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރު ކަމަށް ދ. މީދޫ، އަކިރިވިލާ ޝަވްފާ އިބްރާހީމެވެ.

އެ ދެ ބޭފުޅުން މެންބަރު ކަމަށް އައްޔަންކުރީ ރައްޔިތުންގެ މަޖިލީހުން ރުހުން ވެސް ދިނުމާ ގުޅިގެންނެވެ.

އަފީފާއި ޝަވްފާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރީ މިހާރު ހިނގާ ދައުރަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މި ދައުރުގެ މުއްދަތު އަންނަ މަހުގެ 28 އަށް ހަމަވާނެ އެވެ.