އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް އައްޑުއަށް ފޮނުވައިފި އެވެ.
ފެނަކައިން ބުނީ އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގެނެވޭ ޖަނަރޭޓަރުތަކުގެ ތެރެއިން، 1.6 މެގަވޮޓް ގެ ޖަނަރޭޓަރު ހިފައިގެން ދިޔަ އުޅަނދު ފޭދޫ ބަނދަރަށް ވަދެފައިވާ ކަމަށެވެ. އަދި ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް މިއަދު ހެނދުނަށް ތާވަލުކުރެވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގެނެވޭ ޖަނަރޭޓަރުތަކުގެ ތެރެއިން، 1.6 މެގަވޮޓް ގެ ޖަނަރޭޓަރު ހިފައިގެން ދިޔަ އުޅަނދު މިހާރުވަނީ ފޭދޫ ބަނދަރަށް ވަދެފައި. ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ހެނދުނަށް ވަނީ ތާވަލް ކުރެވިފަ.… pic.twitter.com/NRIdEu1NH2
— Fenaka Corporation Ltd (@TeamFenaka) October 22, 2025
ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް އައްޑުއަށް ފޮނުވާފައިވާއިރު، 1.8 މެގަވޮޓްގެ ދެ ޖެނެރޭޓަރު އައްޑުއަށް ފޮނުވުމަށް ވެސް ފެނަކައިން ވަނީ ނިންމާފަ އެވެ.
ފެނަކައިން ބުނީ އައްޑުއަށް މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެ އެވެ.