ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނަ އިއްޔެ ސަސްޕެންޑްކުރީ މައްސަލައަކާ ގުޅިގެން އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.
ފާއިޒަކި ކުރިން ވެސް ސަސްޕެންޑްކުރި ގާޒީއެކެވެ. އެގޮތުން 2021 ގެ ނޮވެމްބަރުގައި ގައި އޭނަ ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު ކޮށްގެން" ކަމަށް ވިދާޅުވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެވެ.