ސ. މީދޫ މުލިމަތި ޔުނައިޓެޑްގެ އިފްތިތާހީ ޖަލްސާ ބާއްވައި، މި އަހަރު ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތައް އިއުލާންކޮށްފި އެވެ.
މި ޖަލްސާގެ ޝަރަފްވެރިކޮށް ދެއްވީ އައްޑޫ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު އެވެ.
މި ޖަލްސާގައި މުލިމަތި ޖަމްއިޔާގެ ޗެއާޕާސަން އަބްދުﷲ ވަސީމް ވިދާޅުވީ 2013 ވަނަ އަހަރު އެ ޖަމްއިޔާ އިން ދެ އަވަށުގެ ކުދިންގެ ހިތުގައީ ގުރުއާނަށް ލޯބިޖެއްސުމުގެ މަގްސަދުގައި ގުރުޢާން މުބާރާތެއް ބާއްވާނެ ކަމަށާއި މުޅި އަތޮޅަށް ހުޅުވާލައިގެން ފުޓްސެލް މުބާރާތެއް ވެސް ބާއްވާނެ ކަމަށެވެ.
އަދި އަންހެން ބޭފުޅުން ކުޅިވަރުގެ ތެރެއަށް ވެއްދުމުގެ މަގްސަދުގައި ނެޓްބޯލް މުބާރާތެެއް ބޭއްވޭތޯ ޖަމްއިޔާއިން މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ވަސީމް ވިދާޅުވި އެވެ.
މީގެ އިތުރުން މުލިމަތި ޖަމްއިޔާ އިން މީދޫގެ އެންމެ ތާރީހީ އެއް ތަން ކަމަށްވާ ކޯގަންނު ގަބުރުސްތާން ހިމާޔަތްކޮށް ބެލެހެއްޓުމައްޓަކާ ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން ވެސް ވަސީމް ދެއްވި އެވެ.
އަދި އިފުތިތާހީ ޖަލްސާގާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު ދެއްކެވި ވާހަކަައިގައި އެއް ބަޔަކު އަނެއް ބަޔަކަށް ފުރުއްސާރަ ނުކޮށް އެއް ބަޔަކު އަނެއްބަޔަކާ އަތުގުޅާލައިގެން ރަށަށްޓަކާ ގައުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.