Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

އޭއައިއޭގެ ބޯޑަށް އާޒިޔާ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ކޮމްޕެނީ އޭއައިއޭ) ގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެމްބަރަކަށް މަޤާމަށް ފޭދޫ، އާބާދީގޭ ފާތިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮފި އެވެ.

އޭނަ މެމްބަރު ކަމަށް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ) އިން ހާމަކުރީ އިއްޔެ އެވެ.

ޣާޒިޔާ އަކީ މިހާރު ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ވަހީދެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 21 ގަ އެވެ.