Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ގުރައިދޫ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ސަސްޕެންޑްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނީ އެއް މަސް ދުވަހަށް އޭނަ އިއްޔެ ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށް ކަމަށާއި އެގޮތަށް ނިންމީ ފަތުހުﷲ އާ ގުޅޭ ގޮތުން ބެލި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޖޭއެސްސީން ބުނީ ފަތުހުﷲ ސަސްޕެންޑްކުރީ އޭނައާ ގުޅޭ ގޮތުން ކޮމިޝަނުން ތަހުގީގިކުރި މައްސަލައެއް ސާބިތުވާތީ ކަމެވެ. ނަމަވެސް އެއީ ކޮން މައްސަލައެެއް ކަމެއް ޖޭސްއެސީން ހާމައެއް ނުކުރެ އެވެ.