ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްޣޭ ތެރެއިިން ސްޓެލްކޯ އިން މިހާތަނަށް 74،000 އަށް ވުރެ ގިނަ ގަސް އިންދައިފި އެވެ.
އެ ކުންފުނިން ބުނީ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރުގެ ޖޫން މަހުގެ 5 އިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ޖުމްލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ.
ސްޓެލްކޯ އިން އަމާޒު ހިފާފައި އޮތީ ފަސް އަހަރުގެ ތެރޭގައި 500،000 ގަސް އިންދުމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ޖޫން 5 ގަ އެވެ. މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާން ކުރެއްވީ 2023 ގެ ޑިސެމްބަރު ޔޫއޭއީގައި އޮތް "ކޮޕް28" ގަ އެވެ.
މި ޕްރޮގްރާމްގައި ސަރުކާރުގެ ވަރަށް ކުންތުނިތަކާއި މުއައްސަސާތަކާއި ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ހިއްސާވެ އެވެ.