Last Updated: June 8, 12:02
Monday, June 8, 2026
ދުނިޔެ

ގަދަ ވަޔާ އެކު ނިއު ޒީލެންޑްގައި ކަރަންޓެއް ނެތް

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައި ގަދަވުމާ ގުޅިގެން ނިއު ޒީލެންޑްގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ އާދަހިލާފަށް ވައި ގަދަވެގެން ކެންޓަބަރީ އާއި ވެލިންޓަނަށް ރެޑް އެލާޓް ވެސް ނެރެފައިވާ ކަމަށާއި ސައުތު އައިލޭންޑަށް ވަރަށް ބޯކޮށް ވާރޭ ވެސް ވެހޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

ވައިގަދަވުމާ ގުޅިގެން ކަރަންޓްގެ ހިދުމަތަށް އެ ސަރަހައްދުތަކުގައި އެރި ބުރުލާ އެކު 90،000 ގެއަކުން ކަރަންޓް ކެނޑިފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މޫސުން ވަރަށް ގޯސް އުޅޭތީ ކަމާބެހޭ އިދާރާތަކުން އާންމުން ބޭރަށް ނުނުކުތުމާއި ދަތުރުފަތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. މިހާރު ވެސް 100 އަށް ވުރެ ގިނަ ވައިގެ ދަތުރު ކެންސަލްކޮށްފައިވެ އެވެ.

މީޑިއާތަކުން ބުނީ ވައިގަދަވުމާ ގުޅިގެން ވެލިންޓަންގައި މީހަކު ވެސް މަރުވެފައިވާ ކަމަށާއި އެ މީހާ މަރުވީ ހިނގާލަން ނުކުމެ އުޅެނިކޮށް ބޯމައްޗަށް ގަހެއްގެ ކުން ގޮފިގަނޑެއް ވެއްޓި ކަމަށެވެ.

ކެންޓަގަރީގައި މިހާރު އޮތީ ކުއްލި ހާލަތު ވެސް އިއުލާންކޮށްފަ އެވެ.