Last Updated: July 24, 05:25
Friday, July 24, 2026
ޚަބަރު

އަންނަ މަހުގެ 2 ގައި ސަރުކާރު ބަންދު

އަންނަ މަހުގެ 2 ވަނަ ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ވުނީ ނޮވެމްވަތު 2 ވާ އާދިއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ނޮވެންބަރު 3 ގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަށް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސް ކަމަށްވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.