Last Updated: June 8, 12:02
Monday, June 8, 2026
މުނިފޫހިފިލުވުން

ޕްރަބާސް އަކީ "ފައުޒީ"

އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ފައުޒީ" އިއުލާންކޮށްފި އެވެ.

މިއަދު ފަސްޓްލުކް ޕޯސްޠަރު ދައްކައިލި މި ވަތަނީ ފިލްމަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން 1940 ގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

އިންޑިއާގެ ދެކުނުގެ ޕްރޮޑިއުސަރުންތަކާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ "ފައުޒީ" ގެ ޑައިރެކްޓަރަކީ ހަނޫ ރަގަވްޕުޅީ އެވެ. މީގެ ބަތަލާ އަކީ އިމާންވީ އެވެ. "ފައުޒީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި މިތުން ޗަކްރަބަތީ، އަނޫޕަމް ކޭރް އަދި ކުރީގެ މަޝްހޫރު ބަތަލާ ޖަޔާ ޕްރަދާ ހިމެނެ އެވެ.

"ފައުޒީ" މިއަދު އިއުލާންކުރި ނަމަވެސް ފިލްމު ރިލީޒްކުރާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 9 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ހޮރޯ ކޮމެޑީ "ދަ ރާޖާސާބް" އެވެ. ޕްރަބާސް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "އެނިމަލް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "ސްޕިރިޓް" ހިމެނެ އެވެ.