ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާނިވާ އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖައްސާފައި މި މަހުގެ 29 ގައި ހިތަދޫ ސިޓީ ސްކެއާގަ އެވެ. އެއީ އެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ.
މި ކާނިވާގައި ތަފާތު އެކި ކަހަލަ ކަންކަން ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ތަފާތު ގޭމްތައް ކުޅެގެން އިނާމުތައް ހޯދުމާއި މިއުޒިކާއި ކާނާގެ ތަފާތު ސްޓޯލްތައް ވެސް ހުންނާނެ އެވެ.
ކާނިވާގައި ބައިވެރިން މެދުގައި ގްރޭންޑް ލަކީޑްރޯއެއް ވެސް ނަގަން ހަމަޖެހިފައިވެ އެވެ.