Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކުޅުދުއްފުށީ ކުޅި، ފާ އަދި ޗަސްބިންތަކުގެ ސާވޭއެއް

ކުޅުދުއްފުށީގައި ކުޅި، ފާ ޗަސްބިންތަކުގެ ހާލަތު ދެނެގަތުމަށް ތިމާވެއްޓާ ބެހޭ ބޮޑު ސާވޭއެއްކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މި ސާވޭގެ މައިގަނޑު މަގުސަދަކީ އެތަންތަނުގައި ހިމެނޭ ތިމާވެށީގެ ނާޒުކު ނިޒާމުތައް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި މި ތަންތަން ރައްކާތެރިކޮށް ދިރާސާކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށެވެ.

މި ސާވޭގައި ކުޅުދުއްފުށީގެ ކުޅި، ފާ ޗަސްބިންތަކުގެ ދިރުންތައް ދިރިއުޅޭ މާހައުލުތަކާއި އެތަންތަނުގައި ދިރިއުޅޭ މަހުގެ ބާވަތްތައް ދެނެގަންފައިވެ އެވެ. އަދި،އެ ސަރަހައްދުތަކަށް ގުދުރަތީ ގޮތުންނާއި އިންސާނުންގެ ސަބަބުން ދިމާވާ ގެއްލުންތަކާއި ފިއްތުންތައް ދެނެގަނެ، އެކަންކަން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތުތައް ވެސް އެއްކޮށްފައިވެ އެވެ.

މި ސާވޭގެ ނަތީޖާތަކަކީ، ކުރިއަށް އޮތް ތަނުގައި ކުޅި، ފާ ޗަސްބިންތައް އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރި ކަމެއް ލިބިގެން ދާނެ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ބާރު އެޅުމާއި، ފެންބޮޑުވުން ހުއްޓުވުމަށް ގުދުރަތީ ހައްލެއްގެ ގޮތުގައި ކުޅި، ފާ ޗަސްބިންތައް ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ވެސް މި ދިރާސާ އެހީތެރި ވެދޭނެ އެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ އެހީގައި ކުރިއަށް ގެންދިޔަ ސާވޭއެކެވެ