Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ޖޭއެސްސީގެ ނައިބަކަށް ޔަޒްމީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު އިންތިޚާބުކޮށްފި އެވެ.

ކުރިން އެ މަގާމުގައި ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އޭނަ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޖޭއެސްސީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ކޮމިޝަނުގެ ނައިބު ރައީސަކަށްޔަޒްމީދު އިންތިޚާބުކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީ އަށް ނިޔާޒު އިންތިޚާބުކުރީ އޭޕްރީލް 27، 2022 ގަ އެވެ. އަދި އޭނަ އެ ކޮމިޝަން މެންބަރަކަށް އައްޔަންކުރީ، މިދިޔަ މި އަހަރުގެ ފެބްރުއަރީ 23 ގަ އެވެ.

ޖޭއެސްސީގެ ރައީސަކީ މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އެވެ.