Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ޕާކިސްތާނުގެ އިސް ޖެނެރަލަކު ރާއްޖެއަށް

ޕާކިސްތާނުގެ ޗެއާމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީ ޖެނެރަލް ސާހިރު ޝަމްޝާދު އަޚުތަރު ރާއްޖެ ވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ޖެނެރަލް އަޚުތަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ މިިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެއާ ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެހެން ބައެއް އިސް އޮފިސަަރުންނާއި ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.