Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުވާ ޓީޗަރުގެ ބަންދަށް 30 ދުވަސް

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: ވަން

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ޓީޗަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.

މި މައްސަލައިގެ ތުހުމަތަށް އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ މީހާއަކީ ޓީޗަރެކެވެ.

ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.