Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޔޫއެންގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާގެ ބޯޑަށް މަޓީ

އދ. ގެ ޓޫރިޒަމާ ބެހޭ ޖަމްއިއްޔާގެ ބޯޑަށް މަޓީ އިންތިހާބުކޮށްފި އެވެ.

ޔޫއެން ޓޫރިޒަމްގެ ބޯޑަށް މަޓީ އިންތިހާބުވީ 2026-2029ގެ ދައުރަށެވެ. މިއީ އެ ބޯޑަށް ދިވެހި ޖަމިއްޔާއެއް އިންތިހާބުވި ފުރަތަމަ ފަހަރެވެ.

އެ މަގާމަށް މަޓީ ވާދަކުރީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އެ ބޯޑުގައި ކަނޑައަޅާފައިވާ ދެ ޖާގައިގެ ތެރެއިން ޖާގައަކަށެވެ. އަދި އެ ބޯޑުގައި މަޓީ ތަމްސީލު ކުރައްވާނީ އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އައްސަދު އަލީ އެވެ.

އޭނަ އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާ ބޯޑު ބައްދަލުވުން އޮންނާނީ އަންނަ މަހު 11 ގައި ސައުދީ އަރަބިއްޔާގެ ރިޔާދުގަ އެވެ.

ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަކީ އިންތިހާބީ 20 މަގާމެއް ހިމެނޭ ބޯޑެކެވެ. މި ބޯޑު އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީ ޙާ ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި ޢއ=ަށް ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށެވެ.

ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުން ހިމެނެ އެވެ. އަދި އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމާއި، އެފިލިއޭޓް މެންބަރުންގެ ޕްރޮގްރާމް އޮފް ވޯކްއާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން، އެފިލިއޭޓް މެންބަރުކަމާ ގުޅޭ އިސްތިރާޖީ ކަންކަމުގައި ލަފާ ދިނުމާއި، ކޮމިޓީން ހަވާލުކުރާ މަސައްކަތްތައް ކުރުން ވެސް ހިމެނެ އެވެ.