އަންނަ މަހު ފަށާ އެޓޯލް ޗެމްޕިއަންޝިޕްގައި 47 ޓީމު ވާދަކުރާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ގުރުލުން ވެސް ބާއްވައިފަ އެވެ. އެގޮތުން އަންނަ މަހުގެ 1 ގައި ފަށާ މުބާރާތް ހުޅުވާނީ ކުޅުއްދުއްފުއްޓާއި ހދ. ނެއްލައިދޫ ބައްދަލުކުރާ މެޗުންންނެވެ.
އެޓޯލް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދަން ނިންމާފައިވަނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެ ޒޯންތަކަކީ މާލެ ސަރަހައްދު، ހދ. އަތޮޅުުން އިން ޅ. އަތޮޅު، ކ އަތޮޅުން ދ އަތޮޅަު އަދި ތ އަތޮޅުން އައްޑުއާ ހަމައަށެވެ.
އެޓޯލް ޗެމްޕިއަންޝިޕްގައި ދެ ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވެފައިވާ ސަރަހައްދުތަކޔގައި މެޗުތައް ކުޅޭނީ އެއް ރަށެއްގައެވެ. ދެ ޓީމު ބައިވެރިވެފައިވާ ނަމަ ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ރަށުގަ އެވެ.
އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ޒޯނު ލެވެލަށް ކޮލިފައިވާނެ ކަމަށާއި، އެއީ ރީޖަނަލް ކޮލިފިކޭޝަންގައި ވާދަކުރާނެ ޓީމުތައް ކަމަށް އެފްއޭއެމުން ބުންޏެވެ.
ރީޖަނަލް ލީގު ފަށާނީ ރޯދައިގެ ފަހުންނެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ރީޖަނަލް ލީގުގައި އެންމެ މޮޅު ދެ ޓީމަށް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެ އެވެ. ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮންނަ ދެ ޓީމު އެ ޓީމުތަކާއެކު ކޮލިފިކޭޝަން ބުރުގައި ކުޅެން ޖެހޭނެ ގޮތަށް ހަމަޖެހޭނެއެވެ.
އެފްއޭއެމުން ބުނީ ޕްރިމިއާ ލީގުގައި އޮތް 10 ޓީމުގެ ތެރެއިން އެންމެ ދަށް ދެޓީމު ދާނީ ދެވަނަ ޑިވިޝަނަށް ކަމަށާއި، އެހެންކަމުން އަތޮޅުތެރެއިން ރީޖަނަލް ލީގުން އަންނަ ޓީމުތަކަށް އަންނަ އަހަރުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށެވެ.
އަތޮޅު މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވާ ރަށްތައް:
* މާލެ އަތޮޅުގެ މެޗްތައް: ގުރައިދޫ
* ހއ އަދި ހދ ގެ މެޗްތައް: ކުޅުދުއްފުށި
* ނ. އަތޮޅުގެ މެޗްތައް: ކެނދިކުޅުދޫ
* ޅ. އަތޮޅުގެ މެޗްތައް: ހޯމް އެންޑް އަވޭ
* ބ އަތޮޅު އެއްޓީމު ބައިވެރިވާތީ އޮޓޮމެކުން ކޮލިފައިވެފައި
* އއ އަތޮޅުގެ މެޗްތައް: ތޮއްޑޫ
* އދ އަތޮޅުގެ މެޗްތައް: މަހިބަދޫ
* ވ އަތޮޅުގެ މެޗްތައް: ހޯމް އެންޑް އަވޭ
* ފ އަތޮޅުގެ މެޗްތައް: ހޯމް އެންޑް އަވޭ
* ދ އަތޮޅުގެ މެޗްތައް: ހޯމް އެންޑް އަވޭ
* ލ. އަތޮޅުގެ މެޗްތައް: ހޯސްޓްކުރާނެ ރަށެއް އަދި ކަނޑަނާޅާ
* ގއ އަތޮޅޫގެ މެޗްތައް:ހޯސްޓްކުރާނެ ރަށެއް އަދި ކަނޑަނާޅާ
* ގދ އަތޮޅުގެ މެޗްތައްޅ ގައްދޫ
* ފުވައްމުލައް: އެއް ޓީމު ބައިވެރިވާތީ އެޓޮމެޓިކުން ކޮލިފައިވެފައި
* އައްޑޫ މެޗުތައް: ހޯސްޓްކުރާނެ ރަށެއް އަދި ކަނޑަނާޅާ
އެފްއޭއެމުން ބުނީ ގުރުއަތުލުމުގައި ތަރުތީބު ކުރެވުނު ގުރޫޕުތަކާއި ވާދަކުރަންޖެހޭ ޓީމުތައް ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.