ޕީޕަލްސް ނެޝަނަލް ފްރަންޓް ޕީއެންއެފް) ގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވީ އެ ޕާޓީގެ ފައުންޑިން މެންބަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ކަމަށް އެ ޕާޓީން ބުނެ އެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންއެފްގެ އެތެރޭގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމާން ދިން ވަގުތު އިއްޔެ ހަވީރު 6:00 އާ ހަމައަށެވެ.
އެ ޕާޓީން ބުނީ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޔާމީން އެކަނި ކަމަށާއި ޕާޓީގެ އެހެން 20 މަގާމަކަށް 55 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. އެ މަގާމުތަކުގެ ތެރޭގައި ދެ ނައިބު ރައީސްގެ މަގާމާއި ސެކްރެޓަރީ ޖެނެރަލާއި ރަޖިސްޓްރާ އާއި ހަޒާންދާރުގެ އިތުރުން 14 ސެނެޓް މެންބަރުން ހިމެނެ އެވެ.
ޕީއެންއެފަކީ 2023 ގެ ފަހުކޮޅު ރަސްޓްރީކޮށް ދިން ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނީ އެ އަހަރުގެ ނޮވެމްބަރު 29 ގަ އެވެ. އަދި އެ ޕާޓީ ރަޖިސްޓްކޮށް ދިނީ މިދިޔަ އަހަރުގެ އެޕްރީލް 25 ގަ އެވެ.