Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި އެވެ.

އޭނަ މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަޔމުން ވެލާނާ އެއާޕޯޓުން އަށް މަރުހަބާ ދެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމް ގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް ޓޮމް) އާއި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމްގެ އިތުރުން، އެފްއޭއެމްގެ ވެރިންނެވެ.

އިންފަންޓީނޯގެ މި ދަތުރަކީ ދެ ދުވަހުގެ ދަތުރެކެވެ. އޭނަގެ މި ދަތުރުގައި މިއަދު ހަވީރު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާ ހަމަޖެހިފައިވެ އެވެ. އެފްއޭމުން ބުނީ އިންފަންޓީނޯގެ ދަތުރުގެ ތެރެއިން ރައީސް މުއިއްޒާއި ބައްދަލުކުރައްވައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރާނެ ކަމަށެވެ.

އެފްއޭއެމުން ބުނީ އިންފަންޓޯނީހެ ދަތުރުގެ ތެރެއިން ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ފީފާގެ ރައީސަކު 19 އަހަރު ފަހުން ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.