Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ޕާކިސްތާނުގެ އިސް ޖެނެރަލަކު ރައީސްގެ އަރިހަށް

ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އިއްޔެ ހެނދުނު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކުގެ މައްޗަށެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ޖެނެރަލް މިރްޒާ ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުންމަތީ ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހިއްސާކުރާ އަޒުމު ތަކުރާރުކުރައްވާފަ އެވެ.