މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ޕަރަމް ސުންދަރީ" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.
މި ރޮމޭންޓިކް ކޮމެޑީ އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ތުޝާރު ޖަލޯޓާ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. "ޕަރަމް ސުންދަރީ" ގެ ލީޑް ރޯލު ކުޅުނީ ސިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރެވެ.
މިއީ މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.
ސިދާތާއި ޖާންވީގެ ކެމިސްޓްރީ ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ "ޕަރަމް ސުންދަރީ" ގައި ސިދާތުގެ ބައްޕަގެ ރޯލު ކުޅެފައި ވަނީ ޖާންވީގެ ބޮޑުބޭބެއެެއް ކަމަށްވާ ސަންޖޭ ކަޕޫރެވެ.
ބެލުންތެރިންގެ ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު ފިލްމުގެ ލަވަތަކުގެ ތެރެއިން ސޯނޫ ނިގާމް ކިޔާފައިވާ "ޕަރްދޭސިއާ" އާއި އަދުނާން ސާމީ އާއި ޝްރެޔާ ގޯޝާލް ކިޔާފައިވާ "ބީގީ ސާރީ" އަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުވި ދެ ލަވައެވެ.