Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފުޓްބޯޅައިގެ އަލިމަސްޔޫބީލް ލޯގޯ ލޯންޗްކޮށްފި

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭނުން ކުރަން ނިންމާފައިވާ ލޯގޯ ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

މި ލޯގޯ މިއަދު ލޯންޗްކުރީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެގެ ދައުވަތަކަށް ފީފާ ރައީސް ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބޭއްވި ފުޓްބޯޅައިގެ ޚާއްސަ ފެސްޓިވަލްގެ ތެރެއިންނެވެ.

އެގޮތުން ލޯގޯ ލޯންޗްކޮށްވީ ރައީސާއި އިންފަންޓީނޯ އެވެ.

ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ރާވާފައިވެ އެވެ. އެ ހަރަކާތްތައް ކުރިއަށް ދާނީ އެފްއޭއެމްގެ ކުޅިވަރު ކަލަންޑަރާ ގުޅިލާމެހިންގެން ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. އެގޮތުން އަންނަ މަހު 1 ގައި އެޓޯލް ޗެމްޕިއަންޝިޕް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.