އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގާ ރައޔްިތުންގެ ފެންނަ ނުފެންނަ ވޯޓްލުން މިއަދު ފަށައިފި އެވެ.
މި ވޯޓް ނަގާ ތިން އަވަށަކީ ފޭދު އާއި މީދޫ އަދި ހުޅުދު އެވެ.
ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ އިރު، ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.
އިލެކްޝަން ކޮމިޝަން )އީސީ) ބުނެފައިވާ ގޮތުގައި ވޯޓަށް ޗާޕްކޮށްފައި ވަނީ 9،721 ވޯޓު ކަރުދާހެވެ.
މި ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ އައްޑޫގައި ބެހެއްޓި 11 ފޮއްޓާއި މާލޭގައި ބެހެއްޓީ 7 ފޮއްޓާ އެކީގަ އެވެ. ފޭދޫގައި ޖުމްލަ 5 ފޮށި ބަހައްޓާފައިވާ އިރު، މީދޫގައި ތިން ފޮށި އަދި ހުޅުދޫގައި ވެސް ތިން ފޮށި ބަހައްޓާފައިވެ އެވެ.
މާލޭގައި ބެހެއްޓި ފޮށިތަކަށް ބަލާ އިރު ފޭދޫ ރައްޔިތުން ވޯޓުލާން ތިން ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ތިން ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން އެއް ފޮށި ބަހައްޓާފައިވެ އެވެ.
ވޯޓުފޮށިތައް ހުންނަ ތަންތަން:
* އައްޑޫ، ފޭދޫ-1: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ ދެކުނު
* އައްޑޫ، ފޭދޫ-2: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ މެދު
* އައްޑޫ، ފޭދޫ-3: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ އުތުރު
* އައްޑޫ، ފޭދޫ-4: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ ޔޫކޭޖީ ކްލާސްރޫމް
* އައްޑޫ، ފޭދޫ 5: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ އެލްކޭޖީ ކްލާސްރޫމް
* އައްޑޫ، ހުޅުދޫ-1: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް ހުޅަނގު
* އައްޑޫ، ހުޅުދޫ-2: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް އިރުމަތި
* އައްޑޫ، ހުޅުދޫ-3: އައްޑޫ ސިޓީ، ހުޅުދޫ ސ. އަތޮޅު މަދުރަސާ ހޯލް
* އައްޑޫ، މީދޫ-1: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ އިރުމަތި
* އައްޑޫ މީދޫ-2: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގެ ކްލާސް ރޫމް 2
* އައްޑޫ، މީދޫ-3: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ ހުޅަނގު
* އައްޑޫ ސިޓީ، މާލެ-1: މާލެ، ކަލާފާނު ސްކޫލް ހޯލުގެ އުތުރު
* އައްޑޫ ސިޓީ، މާލެ-2: މާލެ، ކަލާފާނު ސްކޫލް ހޯލުގެ މެދު
* އައްޑޫ ސިޓީ، މާލެ-3: މާލެ، ކަލާފާނު ސްކޫލް ހޯލުގެ ދެކުނު
* އައްޑޫ ސިޓީ، މާލެ-4: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1A
* އައްޑޫ ސިޓީ، މާލެ-5: މާލެ، ކަލާފާނު ސްކޫލް ކްލާސް 1B
* އައްޑޫ ސިޓީ، މާލެ-6: މާލެ، ކަލާފާނު ސްކޫލް ކްލާސް 10E
* އައްޑޫ ސިޓީ، މާލެ-7: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1C
އެ މީހަކު ވޯޓްލާން ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު VR (SPACE) NID NO ޖަހާފައިި 1414 އަށް މެސެޖްކޮށްގެން ބަލާލެވޭނެ އެވެ.
އައްޑޫގައި މި ބާއްވާ ރެފަރެންޑަމަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ދާދި ފަހުން އެކުލަވާލި ގާނޫނުގެ ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.