Last Updated: May 3, 01:04
Saturday, May 3, 2025
ޚަބަރު

އެންމެ ފަހުން އިސްމެހެލާހެރަ އެއްބަސްވުމެ ސޮއި ކެރުން ފަސްވެގެ

އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާހް ކުރިތާ 2 އަހަރު: އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކުރެވޭ.

ސ. އިސްމެހެލާހެރަ ތަރައްގީ ކެރާއް ޑިސެމްބަރު މަހި މެދެތެރެ ބާކިންނާއި ހަވާލަކެރުން ޖެނުއަރީ މަހަށް ފަސްކޮށްލިޔެ.

އެކަމަކި މިމަހި ކުރިޔެ ކެޑެ އައްޑޫއަށް ވަޑަގެން ރައްޔިތުންނާއި ބައްދަލަކޮށް ވާހަކަ ދައްކަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅާވެފެއި ވެނީ، މިމަހި މެދެތެރެ އިސްމެހެލާ ހެރަ ތަރައްޤީކެރާއް ބާކިންނާއި ހަވާލަކެރާށުމާއު.

އޭގެ ދުވަސްކެޑައް ފަހުން ގަމި އެއާޕޯޓެ ރަންވޭއަށް އިތިރިކެޑެ ބައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑާއި ހަވާލަ ކެރާއް ބޭވި ރަސްމިއްޔާތެ ވާހަކަ ދައްކަމުން، މިނިސްޓަރ ޒަމީރު ވިދާޅަވެފެއި ވެނީ، އިސްމެހެލާ ހެރަ އެއްބަސްވުމެ ސޮއި ކެރުން އޮންނެނެއި ޖެނުއަރީ މަހި ފެރެތުމަ ހަފްތާއެއި ކަމަށް.

ޒަމީރު ވިދާޅަވެފެއި ވޭ ގޮތެ އިސްމެހެލާ ހެރަ ތަރައްޤީކެރާއް ހަމަޖެހިފެއިވެނީ، 600 އެނދެއިގެ ރިސޯޓައްގެ ގޮތެ. އިސްމެހެލާ ހެރަ ތަރައްޤީކެރުން ހަވާލަކެރާނެއި ދިވެހި ކުންފުނިއަކާއި ކަމަށް ޓޫރިޒަމް މިނިސްޓަރ ހާމަކޮށްފެއި ވިއަސް، އޭ ކުންފުނިއަށް ކަމަށް އަދި ބެނަފެއި ނިވެއި.