Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ހައްޖުގެ އަގު ކުޑަކުރަން ޓޫރިޒަމަށް އިންވެސްޓް ކުރެވިދާނެ

ހަލާލު ޓޫރިޒަމަށް އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިން ރާއްޖޭގެ ހައްޖު ކޯޕަރޭޝަނަށް ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހަލާލު ޓޫރިޒަމަށް އިންވެސްޓް ކުރަން ނިންމައި، ހައްޖު ކޯޕަރޭޝަނުން މިހާރު އޮތީ ކ. މާފުށީގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ނިންމައި އެ މަޝްރޫގެ ކުރިއަށް ގެންދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފަ އެވެ.

މި މަޝްރޫއަކީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަދި މިކަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

މިދިޔަ ހަފުތާގައި މިނިސްޓަރު ޝަހީމު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ހައްޖު ކޯޕަރޭޝަންގެ މަޝްރޫއާ ގުޅޭ ގޮތުން މެންބަރުންތަކެއް ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޝަހީމު ވިދާޅުވީ ހައްޖަށް ދިއުމަށް ރައްޔިތުން ޑިޕޮސިޓްކުރާ ފައިސާ އިސްލާމީ ޝަރީޢާ ހުއްދަކުރާ މަގުން އިންވެސްޓް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ހައްޖުގެ ޚިދުމަތުގެ އަގު ހެޔޮކުރުމަށްޓަކައި ދުރާލާ ރޭވުންތެރިކަމާއެކު ހައްޖު ކޯޕަރޭޝަނުން އިންވެސްޓްމަންޓްތަކެއް ޤާއިމު ކުރަންޖެ ހޭކަމަށާއި ޙައްޖަކީ މަތިވެރި އަޅުކަމެއް ކަމަށްވުމާ އެކު ހައްޖު ކޯޕަރޭޝަނުން ޤާއިމު ކުރާ އިންވެސްޓްމަންޓްތަކީ އެއްވެސް ޝުބުހައެއް ނެތް ގޮތަށް ޤާއިމުކުރެވޭ އިންވެސްޓްމަންޓްތަކަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއްގައި ނަގައިގެން އަމިއްލަ އަށް ނުވަތަ ރާއްޖެ ނުވަތަ ބޭރުގެ ބަޔަކާ ގުޅިގެން ވިޔަސް ހަލާލު ޓޫރިޒަމަށް އިންވެސްޓްކު ރުމަކީ ހައްޖުގެ އަގު ކުޑަކުރަން ރަނގަޅު ފައިދާއެއް ލިބޭނެ މަގަކަށް ވެދާނެ ކަމަށެވެ. ހަލާލު ޓޫރިޒަމަކީ އިސްލާމީ ސަޤާފަތާ އެއްގޮތް މާހައުލެއްގައި ޤާއިމު ކުރެވޭނެ ކަމެއްކަމަށާއި ޙަލާލު ޓޫރިޒަމަކީ ވަކި އުޞޫލެއްގެ ދަށުން ކުރެވޭ ކަމަކަށްވުމާ އެކު ޝަރުޢީ ހަމަތަކުގެ މައްޗަށް ކުރެވޭ ކަންކަން އެ ނޫން ގޮތަކުން ނުކުރެވޭނެ ކަމަށް

އެހެންވެ ޝަހީމު ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން އިންވެސްޓްކުރުމުގައި ބަލަން ޖެހޭ ކަމަށެވެ.