ބޮލީވުޑްގެ އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށްފައިވާ މިއުޒިކް ޑައިރެކްޓަރު ސަޗިން ސާންގްވީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
އުމުރުން 29 އަހަރުގެ އަންހެނަކު، ސަޗިން، 44، ގެ މައްޗަށް ކުރި ތުހުމަތަކާ ގުޅިގެން މުމްބާއީ ފުލުހުން އޭނަ އިއްޔެ ހައްޔަރުރި ކަފާލާތުގެ ދަށުން މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
އޭނަގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި އަންހެން ބުނި ގޮތުގައި ސަޗިންއާ ދިމާވީ އޭނަގެ ފަރާތުން އިންސްޓަގްރާމް މެދުވެރިކޮށް ލިބުނު މެސެޖަކުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ދެ މީހުން ފޯނު ނަމްބަރު ބަދަލުކޮށް، ވާހަކަ ދެކެވި، ސަޗިންގެ އަލްބަމެއްގައި ވީޑިއޯ ލަވައެއް ކުޅެން ފުރުސަތު ދޭނެ ކަމަށް ބުނެ ސްޓޫޑިއޯ އަށް ގެންގޮސްފައިވާ ކަމަށް އަންހެން މީހާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި ސަޗިންގެ ސްޓޫޑިއޯ އަށް ދިއުމުން އިންނަން އަހާފައިވާ ކަމަށާއި އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުންޏެވެ.
ސަޗިން އަށް ކުރި ތުހުމަތުތަކާ ގުޅިގެން ވަކީލު އަދިތިޔާ މީތީ ވިދާޅުވީ އޭނަގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށެވެ.
ސަޗިން އަކީ ޖިގަރް ސަރައްޔާއާ ގުޅިގެން މިއުޒިކީ މަސައްކަތްކުރާ ފެންނާނެކެވެ. އަދ އެ މީހުން މަޝްހޫރުވެފައި ވަނީ ސަޗިން-ޖިގަރްގެ ގޮތުގަ އެވެ. މި މިއުޒިކީ "ޖޯޑު" މިއުޒިކް ހެދި ފލްމުތަކުގެ ތެރޭގައި މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު މަގޫބުލު ކަމެއް ހޯދަމުން އަންނަ "ތާމާ" އާއި ދާދި ފަހުން ރިލީޒްކުރި "ޕަރަމް ސުންދަރީ" ގެ އިތުރުން "އިސްތިރީ 2" އާއި "އިސްތިރީ" "ޗަންދީގަޅް ކަރޭ އާޝިގީ" އަދި "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.