Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ހީލަތް ހެދި އަންހެނަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި މާލެ އިން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ މ. ތަރިވިލާ، ފާތިމަތު އަހްމަދެވެ. އޭނަގެ މައްޗަށް މަކަރާއި ހީލަތުގެ އިތުރުން ހުއްދަ ނޫން ގޮތުގައި ހިދުމަތް ހޯދުމާއި، މުދަލަކުން ހުއްދަ ނޫން ބޭނުން ކުރުމުގެ ތުހުމަތު ފުލުހުން ކުރެ އެވެ.

ފާތިމަތު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ،.

ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މި އަންހެން މީހާ އަކީ މީގެ ކުރިން، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮ ށްދިނުމުގެ ޒިންމާ އޮތް ފަރާތަކަށްވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ވެސް އިއުލާންކުރި މީހެކެވެ.