Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކުޅުއްފުއްށީގައި ޝަހީދު ހުސައިން އާދަމްގެ ބިނާއެއް

ނޮވެމްބަރު 3 ގެ ގައުމީ ބަތަލުންގެ ތެރޭގައި ހިމެނޭ ޝަހީދު ހުސައިން އާދަމް ބިނާ އޭނަގެ އުފަން ސިޓީ ކުޅުދުއްފުށީގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އެ ސިޓީގެ ބަންޑާރަމައިދާން ސަރަހައްދުގައި ތަރައްގީކުރާ އެ ބިނާ އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހަދަމުން އަންނަ ތަނެކެވެ. އެތަނުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ކައުންސިލުން ބުންޏެވެ.

އެތަނުގައި މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެެރެއިން ގަހާއި ވިނަ އިނދުމާއި ބިންގަނޑު ލެވެލްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކުޅުދުއްފުށީ ކައންސިލުން ބުނީ އަމާޒަކީ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮބެމްބަރު 3 ޝަހީދު ހުސައިން އާދަމް ބިނާ ހުޅުވުން ކަމަށެވެ. އެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކު އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް މާލެ އަށް ނޮވެމްބަރު 3، 1988 ގައި އަރައި ދިން އުދުވާން ހަމަލާގައި ޝަހީދުވި މީހުންނާއި ދުވަހު ދިވެހިން ހޯދި ކާމިޔާބީގެ ހަނދާނުގަ އެވެ.

ކޯޕަރަލް ޝަހީދު ހުސައިން އާދަމަކީ އެ އުދުވާންގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭކަލުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.