Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

އައްޑޫގެ ކުރިއެރުމަށް ކުރަން ހުރި ކަންކަން ވަރަށް ގިނަ

އައްޑޫގެ ކުރިއެރުމަށް އެންމެން ގުޅިގެން ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭދޫގައި ވަކި ރަށު ކައުންސިލް ހަދަން ނުފެންނަ ކަމަށް އަދި ހުޅުދު އާއި މީދޫގައި ރަށު ކައުންސިލް ހަދަން ފެންނެ ކަމަށް އެ ދެ ރަށުގެ ރައްޔިތުން، އިއްޔެ ނެގި ވޯޓްގައި ނިންމުމާ ގުޅިގެން އެކަމަށް މެންބަރު މަރުހަބާ ވިދާޅުފެފައިވ އެވެ. ނިޒާރަކީ ފޭދޫގައި ވަކި ރަށު ކައުންސިލެއް ހަދަން ތާއީދު ނުކުރައްވާކަން ހާމަކުރެއްވުމަށް ފަހު، ފަހުން އެ ނިންމުން ބަދަލު ކުރެއްވި ބޭފުޅެކެވެ.

އިއްޔެ ވޯޓަށް ފަހު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އައްޑޫ ސިޓީގެ ކުރިއެރުމަށް އެންމެން ގުޅިގެންކެރާތިބި މަސައްކަތް ވަރަށް ގިނަ ކަމަށެވެ.

"އަދި] ކާމިޔާބަކީ އެކީގައި ވެވޭ މަސައްކަތުގެ ނަތީޖާ." ނިޒާރު ވިދާޅުވި އެވެ.