Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

މީދޫއަށް ބޮޑުމަހެއް ލައްގައިފި

މީދޫއަށް ލެއްގި ބޮޑު މަސް. ފޮޓޯ: އައްޑޫލައިވް ކިޔުންތެރިއެއް.

އައްޑޫ ސިޓީ މީދޫއަށް ބޮޑު ބޮޑުމަހެއް ލައްގައިފިއެވެ.

މީދޫ އިން ވާހަކަ ދެއްކި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ކުނިވެ ހަލާކުވެފައިވާ ބޮޑުމަހެއް ލައްގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުމަސް ލައްގާފައިވަނީ މީދޫމީދޫ ކޮށިފަންނު ސަރަހައްދާއި ދިމާލަށެވެ.

ސިފައިންނާއި ފުލުހުން، ދިވެހި ރެޑްކްރެސެންޓް އަދި ރަށުގެ ރައްޔިތުން ގުޅިގެން އެމަސް ވީހާވެސް އަވަހަށް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

12386521_10153124684316150_1127588954_n (1)