މާލެއިން ގެއްލުނު ނޭޕާލް އަންހެން މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ޕޫރްނީމާ ގަޖްމާ، 19، ފެނުނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އޭނަގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ޕޫރްނިމާ ފެނުނު ގޮތަކާއި އެކަމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އޭނަ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ފަހުން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާތީ ފުލުހުންނަށް ރިޕޯޓްކުރީ ބުރާސްފަތި ދުވަހު އިރާކޮޅު އެވެ.