Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރާ ވިއްކ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރަށް

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮޑްފި އެވެ.

ފުކުހުން ބުނީ ހުޅުމާލެ ފޭސް 1 އިން ހައްޔަރުކޮށްފައި ވަނީ ބަންގަލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރިޔާސް އުއްދީން، ބަންގްލަދޭޝް، 19، އާއި އެ ގައުމުގެ އެމްޑީ އަޝްރަފުލް އަލަމް، 27، ގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ ޔާސިރު ހަމީދު، 24، ކަމަށެވެ.

އެ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގ ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައެވެ.

ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ވެސް ފެނިފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.