Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާގެ ސިޓީ ވެސް ހުށަހަޅާފައި ނަމަވެސް އިރު، އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ރިޒާ ޖޭއެސްސީ އަށް އައްޔަންކުރީ އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ގޮނޑިއަށެވެ. އެ ކޮމިޝަންގެ ރައީސަކަށް އޭނަ އިންތިހާބުކުރީ މިދިޔަ އަހަރުހެ ޖޫން މަހުގެ 12 ގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރައްވާފައިވާ ރިޒާ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ކްރިމިނަލް ކޯޓުގައި ވެސް ކުރިން މަސައްކަތްކުރެއްވި އެވެ.

ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވި އިރު، އެ ކޮމިޝަންގެ ނައިބު ރައީސަކީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދެވެ.