Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުގެ މަޤާމަށް 70 މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެހެންވެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނާ އިންޓަވިއު ކުރަން އަންނަ މަހުގެ 1 ގައި ހުޅުމާލޭގެ ފޭސް ދޭއްގެ ސަލާހުއްދީން ސްކޫލްގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ އެ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ.

އިމިގްރޭޝަނުން މި އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް 50 ވަޒީފާގެ ފުރުސަތަށް ހުޅުވާލި އެވެ.