Last Updated: June 5, 10:25
Friday, June 5, 2026
ޚަބަރު

ބާރަ ސްޕީޑެ ދިއްވަފެއިގޭ ކާރަށް ކޮންޓްރޯލް ނިވެގެން ގޮސް އެކްސިޑެންޓް ވެގެ

އީސީސީއަށް އޭއް އޮންނެ މަގި ހިނގި އެކްސިޑެންޓް: ފޮޓޯ: ކޔުންތެރިއައް

އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) އެއި ދިމާލަށް އޮންނެ ކަނބިހާ މަގި އަދަ ހެންނެއި ހިނގި އެކްސިޑެންޓަކި ކާރަކަށް ބޮޑޮތި ގެއްލުންތަކަށް ވެގެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފެއިވޭ ގޮތެ މި އެކްސިޑެންޓާ ހިނގަފެއިވެނީ ބާރަ ސްޕީޑެ ދިއްވަފެއިގޭ ކާރާ ކޮންޓްރޯލް ނިވެގެން ގޮސް މަގި އެއްފަރާތި ބާފެއި ހިށި ގިސް ޖަހާ ވަށިގަނޑަކި ޖެހިފެއި.

މި އެކްސިޑެންޓާއި ކާރާއި ކުރިޔެ ކެޑައް ވަރަށް ބޮޑަށް ގެއްލުން ވެފެއި ވިޔަސް ކާރާ ދިއްވާއް ތިބި މީހުންނަށް އެއްވިއެސް ގެއްލުމަށް ނިލިބޭ ކަމަށް ވެއި.

އަދަ ހެންނެއި ހިނގި އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިހުން މިކޯ އެނީ ތަހުގީގް ކެރަމުން.