Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ލޯކަލް މިނިސްޓްރީގެ ފީއެސްއަކަށް މޫމިނާ

ލޯކަލް ގަވަރަމަންޓް މިނިސްޓްރީގެ ޕާމަނަނަންޓް ސެކްރެޓަރީގެ މަގާމަށް މޫމިނާ ވަޙީދު އައްޔަންކޮށްފި އެވެ.

އޭނަ އަށް ރަސްމީ ލިޔުން ހަވާލުކޮށް ދެއްވީ އެ ކަމަ ޓަކައިމިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސާސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒެވެ.

މޫމިނާ އަކީ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނާއިބު ރައީސްގެ މަޤާމުގެ އިތުރުން އެ ކޮމިޝަންގެ އިދާރީ އެކި މަޤާމުތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ކަނބަލެކެވެ. މީގެ އިތުރުން މޫމިނާ ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ ފައެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިސް މަޤާމެއް ވެސް ކުރިން ފުރުއްވާފައިވެ އެވެ.