ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެމްބަރުން މިއަދު އައްޔަނުކޮށްފި އެވެ.
އެންއައިސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 1188، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނާއި، ދަފްތަރު. ނަންބަރު ރސ 12854، އަލްއުސްތާޛު ޝިފާޒު ޢަލީއާއި ދަފްތަރު. ނަންބަރު ރސ 1851، ޢަލީ މުޙައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.
ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.