މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަދެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތުމަށް ފަހު، ލޯންޗެއްގައި ފިލައިފި އެވެ.
ފުލުހުން މިއަދު ބުނީ ބަޔަކު ފޭރިގަތީ ވީއައިއޭގެ ކުރީގެ ޓާމިނަލުން އައު ޓާމިނަލް އަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މިވައްޒަފެއްގެން ކަމަށެވެ. ފައިސާ ހުރީ އެ މީހުން އަތުގައި ހުރި ބްރީފްކޭހެއްގައޮ ކަމަށާއި އެކަމަކު އެއޯީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓްކުރީ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަން މިހާރު އަންނަނީ އިތުރަށް ބަލަމުންނެވެ.