Last Updated: June 8, 12:02
Monday, June 8, 2026
ދުނިޔެ

އިންޑިއާ އާއި ޗައިނާއާ ދެމެދު އަލުން ދަތުރުތައް ފަށައިފި

އިންޑިއާ އާއި ޗައިނާއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ހުއްޓާލާފައި އޮންނަތާ ފަސް އަހަރު ފަހުން މިއަދު އަލުން ދަތުރުތައް ފަށައިފި އެވެ.

އިންޑިގޯ އިން މިއަދު ޗައިނާ އަށް ކުރި ފުރަތަމަ ދަތުރުގައި ކަލްކަތާ އިން ގްއަންޒޯ އަށް 180 މީހަކު ދަތުރުކޮށްފައިވެ އެވެ.

ދެ ގައުމުގެ މެދުގައި އަލުން ސީދާ ދަތުރުތައް މިއަދު މި ފެށީ މި މަހުގެ ތެރޭގައި ދަތުރުތައް ފަށަން ތައްޔާރުވަމުން ވެސް އަންނަކަން މި މަހުގެ ކުރީކޮޅުގައި އިއުލާންކޮށްފައި ވަނިކޮށެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް މެދުކަނޑާލީ ކޮވިޑްގެ ބަލިމަޑުކަމާ ވިދިގެން 2020 ގެ ތެރޭގަ އެވެ. އޭގެ ފަހުން ހިމާލަޔާ ބޯޑަރު ސަރަހައްދުގައި އެ އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކަކާ ހެދި އުފެދުނު ނުތަނަވަސްކަމާ ހެދި ދަތުރުތައް އޮތީ ނުފެށި އެވެ.

ނަމަވެސް މި ފަހުން އިންޑިއާ އާއި ޗައިނާ އަންނަނީ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެެންދުރަ މޯދީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގަތެވެ.، އަދި ހަމަ އެ މަހުގެ ތެރޭގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އިންޑިއާ އަށް ވަޑައިގެންފައިވެ އެވެ.

ދެ ގައުމުގެ މެދުގައި އަލުން ވައިގެ ސީދާ ދަތުރުތައް މިހާރު ފަށާފައިވާތީ އަންނަ މަހުގެ ތެރޭގައި ޗައިނާގެ އީސްޓަން އެއާލައިންސްގެ ދަތުރުތައް ޝަންހާއީ އާއި ނިއު ދިއްލީއާ ދެމެދު އަންނަ މަހު ފަށާނެ އެވެ.