Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އިސްރަށްވެހިންގެ މަދަހަ މުބާރާތެއް ބާއްވައިފި

އިސްރަށްވެހިންގެ މަދަހަ މުބާރާތެއް ބާއްވައިފި އެވެ.

މާލެ އާއި ހުޅުމާލެ ނާދީގައި "އިސްރަށްވެހިންގެ މަދަހަ މުބާރާތް 2025" ކުރިއަށް ގެންދިޔައީ މި މަހުގެ 25 އާއި 26 ގަ އެވެ.

މި މުބާރާތުގެ މަޤްޞަދަކީ، ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްރަށްވެހިންގެ މެދުގައި އެކުވެރިކަން އިތުރުކޮށް، ގުޅުން ބަދަހިކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތަކާއި ފަންނުތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސޯޝަލް މިނިސްޓްރީން ބުންޏެވެ.

މަދަހަ މުބާރާތުގައި 49 މީހަކު ވަކިވަކިން މަދަހަ ހުށަހަޅާފައިވާ އިރު، ގްރޫޕް ކެޓެގަރީގައި 10 ގުރޫޕަކުން ވާދަކޮށްފައިވެ އެވެ.

އެގޮތުން، ގްރޫޕް މަދަހަ އާއި ވަކިވަކި މެންބަރުން ހުށަހަޅައިދިން މަދަހަތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން މިހާރު ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.