Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ރިޒާގެ ބަދަލުގައި ޖޭއެސްސީ އަށް ހުސްނީ މުބާރަކް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރާ މެންބަރުގެ ގޮތުގައި މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރަކުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އޭނަގެ ނަން މިއަދު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ފަލާހެވެ. އަދި ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާހެވެ.

ޖޭއެސްސީއަށް ހުސްނީ މުބާރަކް އައްޔަން ކުރާނީ މަޖިލީހުން ފާސްކޮށްގެންނެވެ.

މަޖިލިސް ތަމްސީލު ކުރައްވާ މެންބަރުގެ ގޮތުގައި ޖޭއެސްސީގެ ރައީސްގެ މަގާމުގައި އިންނެވި ރިޒާ އިސްތިއުފާދެއްވީ އިއްޔެ އެވެ. ނަމަވެސް އޭނަ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އިންތިހާބުކުރީ މިދިޔަ އަހަރުހެ ޖޫން 4 ގަ އެވެ.