ވެލާނާ އިންޓަޝޭނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއްގެ އަތުން ފޭރުނު ފައިސާ ހުރި ބްރީފްކޭހެއް ފޭރުނު މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓްގެ ކުރީގެ ޓާމިނަލަށް ދިޔަ ބީއެމްއެލްގެ މުވައްޒަފުންގެ އަތުން ފޭރުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ފަތިހު 4:45 ގަ އެވެ. ފޭރިގެންފައި ވަނީ 100،000 އަށް ވުރެ ގިނަ ޑޮލަރެވެ.
އެ މައްސަލައިގައި މިހާރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށް ދީފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ހިނގި ފޭރުމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، ކުށް ކުރުމަށް ބޭނުން ކުރި ލޯންޗު ހޯދައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.