Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ފޭދޫ ފުޓްސަލް ދަނޑު ތަރައްގީކުރަން ހަވާލުކޮށްފި

އައްޑޫސިޓީ، ފޭދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޒެބޮކްއާ އެވެ.

މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމެވެ. އަދި ޒެބޮކްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހަސަން މުއާނެވެ.

މީގެއިތުރުން ސްޕޯޓްސް މިނިސްޓްރީން މިއަދު ވަނީ ފޭދޫ، މަރަދޫފޭދޫ އަދި ހުޅުދޫ އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި މަރަދޫ އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކޮށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ނޫރައްދީން އިންވެސްޓްމަންޓްއާ އެކު ވެސް ސޮއިކޮށްފަ އެވެ.