Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ސްޓެލްކޯ އާއި އެމްއެންޔޫ އިން އެއްބަސްވުމަކަށް

ސްޓެލްކޯ އިން ކ. ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި ޤައުމީ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާހް ރަޝީދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރއްވީ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

މި އެއްބަސްވުމުގެ ސަބަބުން ތުލުސްދޫގެ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި ކަންރަންޓު މަސައްކަތްތަކާ ގުޅޭ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިވެފެންދާ ނެއެވެ.

މިފަދަ އެއްބަސްވުންތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި މަތީ ތަޢުލީމާއި ތަމްރީނު ފުޅާކޮށް، އެންމެނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައި ދިނުމުގެ އިތުރުން ރާއްޖެ އަށް މުހިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.