Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ތިންފަށް ވަރީގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ތިންފަށް ވަރީގެ މައްސަލައެއްގައި އިންޑިއާގެ މީގެ 40 އަހަރު ހިނގާފައިވާ ޝަރީއަތެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމު "ހަޤް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމުގެ ތަރިންނަކީ އިމްރާން ހާޝިމީ އާއި ޔާމީ ގޯތަމެވެ. ދެ ތަރިން އެކީގައި އަލަށް ކުޅުނު ފިލްމުގައި ޔާމީ ކުޅެފައި ފެންނާނީ ތިންފަށް ވަރީގެ މައްސަލައިގައި 1985 ގައި ސުޕްރީމް ކޯޓަށް މައްސަލަ ވެެއްދި ޝާހް ބާނޯގެ ރޯލުންނެވެ. އިމްރާން ކުޅެފައި ވަނީ ޔާމީގެ ފިރިމީހާ އަހުމަދު ޚާން ކިޔާ ވަކީލެއްގެ ރޯލެވެ.

ޖަނގްލީ ޕިކްޗާސް އިން އުފައްދާފައިވާ "ހަޤް" ޑައިރެކްޓްކޮށްފައި ވަނީ ސުޕަން ވަރްނމާ އެވެ. އޭނަ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "އޭކް ކިލާޅީ އޭކް ހަސީނާ" އާއި "އެސިޑް ފެކްޓްރީ" ހިމެނެ އެވެ.

ދެ ސީޒަނަކަށް މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" ވެސް ގެނެސްދިނީ ސުޕަން އެވެ.