އިންޓަ-އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ވޮލީބޮލް އެސޯސިއޭޝަނުން ބުނީ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ދެ ޑިވިޝަނަށް ކަމަށެވެ. އެގޮތުން ފިރިހެން ޑިވިޝަން ޑިސެމްބަރު 2 ގައި ފަށަން ހަމަޖެހިފައިވާ އިރު، އަންހެން ޑިވިޝަން ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 1 ގަ އެވެ.
މުބާރާތް ކުޅޭނީ އެކުވެނި ޓާފް ވޮލީ ކޯޓުތަކުގަ އެވެ.
އެހެންވެ އިންޓަ-އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ޝައުގުވެރިވާ އޮފީސްތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ފިރިހެން ޑިވިޝަންގެ ޓީމުތަކަށް ބައިވެރިވާން ދީފައިވާ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ. އަންހެން ޑިވިޝަނަށް ސުންގަޑި ހަމަވާނީ ޖެނުއަރީ 5 ގެ ހެނދުނު 11:00 އަށެވެ.
ފިރިހެން ޑިވިޝަނުން ޓީމު ލިސްޓް އަންނަ މަހުގެ 19 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ހުށަހަޅަން ޖެހޭ އިރު، އަންހެން ޑިވިޝަންގެ ޓީމު ލިސްޠް އަންނަ އަހަރުގެ ޖެނުއަީ 14 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ.
މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3317015 އިން ހޯދޭނެ އެވެ.