Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހިތާދޫ ނޭޗާ ޕާކް ހުޅުވައިފި

ސަރުކާރުގެ އެހީގެ ދަށުން ބ. ހިތާދޫގައި އައިކަންސް އެސޯސިއޭޝަނުން ހެދި ނޭޗާ ޕާކް ހުޅުވައިފި އެވެ.

މި ޕްރޮޖެކްޓަކީ އިޖުތިމާއީ ގޮތުން މަދަނީ ޖަމިއްޔާތަށް ބާރުވެރިކޮށް ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ޔޫތު މިނިސްޓްރީން ދޭ ގްރާންޓުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ޕާކު ހުޅުވައި ދެއްވީ ޔޫތު މިނިސްޓްރީގެ ރަޖިސްޓްރާ އަލީ ޝަކީލެވެ.

މި ޕްރޮޖެކްޓު ހިންގުމަށް ގްރާންޓް ދީފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ގަހުއެވެ. އަދި މި ޕްރޮޖެކްޓް ނިންމާފައި ވަނީ މި މަހު 26 ގަ އެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރި ކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށް ދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.