Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

'ފަންނީ އުފާ' މި އަހަރު ތުލުސްދޫގައި

މި އަހަރުގެ "ފަންނީ އުފާ" ކ. ތުލުސްދޫގައި ބާއްވަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ހަރަކާތް އެ ރަށުގައި ބާއްވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 11:00 އަށެވެ.

އުމުރުން 18-35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގައި ޒުވާން ފަންނުވެރިންގެ އެކި ހުނަރުތަކާއި ހަރަކާތްތައް ދައްކައިލާނެއެވެ.

"ފަންނީ އުފާ" ގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެ އެވެ.

"ފަންނީ އުފާ" އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރި ކުރުމަށް އަދި އެ ފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މި ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުގައި މިހާރު ނެތެމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.